މީދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ މީދޫގެ ބަނދަރު ބޮޑު ކުރަން އެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، އީއައިއޭ ހެދުމަށްފަހު މީދޫ ބަނދަރުގެ މަސައްކަތް މި މަހު 12 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތުގެ 10 ޕަސެންޓު މިހާރު ވެސް ނިމިފައި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ ދަށުން މީދޫ ބަނދަރު ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީ އެވެ.

މީދޫ ބަނދަރު މަޝްރޫއާ އެކު 2،480 މީޓަރުގެ ޕޭވްމެންޓަކާއި ފަޅުން 57،996 ކިޔުބިކް މީޓަރު ފުން ކޮށް، 115 މީޓަރުގެ ބްރޭކްވޯޓާއެއް ލާނެ އެވެ.

އެމްޓީސީސީއާ މިމަޝްރޫއާ ހަވާލުކޮށްފއިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޝަރުތުކޮށް، 35.44 މިލިއަން ރުފިޔާ އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!