ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ޅ. ކުރެންދޫ، ވީލްހައުސް، މުޙައްމަދު ޢަބްދުﷲ (32އ) އެވެ.

މުޙައްމަދު ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!