3 ދުވަސްމަތިން 30 މީހުނާ އަންހެނަކު ޑޭޓް ކޮށްފި

ޒަވާޖީ ހަޔާތެއް ފަށަން ރަނގަޅު ބައިވެރިއަކު ހޯދުމަށް އަންހެނަކު ފެށި ދަތުރުގެ ތެރެއިން، އޭނާ 30 މީހުނާއި ތިން ދުވަސް ތެރޭގައި “ޑޭޓް” ކޮށްފިއެވެ.

“ގެބީ ކޮންޓި” ނަމަކަށްކިޔާ މި އަންހެންމީހާއަކީ، ލޮސް އެންޖެލެސްގެ ލިޔުންތެރިއެއް އަދި ޓީވީ ޕްރޮގްރާމް ހުށައަޅާދޭ ފަރާތެއްގެ އިތުރުން ކޮމޭޑިއަން އަދި ނޫސްވެރިޔެއްވެސްމެއެވެ. އަދި އޭނާ މީހުންނާއި ޑޭޓްކުރަން ފެށީވެސް، އިންޓަނޭޝަނަލް ފެޝަން އަދި މުނިފޫހިފިލުވުމުގެ މެގެޒިންއެއްކަމުގައިވާ، “ކޮސްމޯޕޮލިޓަން” އަށް އޭނާ ހަދާ “ކޮސްމޯ ވިޑިއޯ ޑައިރީސް” ކިޔާ އާ ސީރީޒްއަކަށެވެ.

އޮންލައިންކޮށް ދިމާވާ ފިރިހެނުންނާއި ގެބީ އެންމެ ފުރަތަމަ ޑޭޓް ކުރަން ފެށިއިރު، އޭނާ ބުނީ އެއްދުވަސްތެރޭގައި ގާތްގަނޑަކަށް 7 މީހުންނާއެކީ ޑޭޓް ތަކަށް ގޮސްފައި ހުންނާނެކަމަށެވެ.

އޭނާގެ މި ކޮސްމޯ ސިރީޒްގެ ވީޑިއޯވެސް އާއްމުކޮށްފައިވާއިރު، މީސްމިޑިއާގައި އާއްމުންގެ ފަރާތުން ނޭދެވޭ ކޮމެންޓްވެސް ގެބީ އަށް ވަނީ ލިބިފައެވެ.

ގެބީ ބުނިގޮތުގައި އޮންލައިން ޑޭޓިންގެ މި މެރެތޯންގެ ތެރެއިން 3 ވަނައަށް ޑޭޓްކުރި މީހާއަކީ އެންމެ ކަމުނުދާ މީހާކަމަށެވެ. އެގޮތުން އޭނަގެ ފޮޓޯއިން ފެންނަގޮތާއި، އަސްލަށް ފެންނަގޮތާއި އެއްވެސްވަރަކަށް ވައްތަރުނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!