ހުޅުމާލޭ ނެރުން ވަނުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

ހުޅުމާލޭ ނެރު ބައްތި ވެއްޓިފައި ވާތީ ހުޅުމާލޭ ނެރުން ވަދެ ނުކުމެ ހެދުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ނެރުބައްތި ވެއްޓިފައިވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައި ކަމަށާއި، އެނެރުން ވަދެ ނިކުމެ ހެދުމުގައި ޙާއްޞަ ސަމާލުކަމެއް ދެއްވުން އެދޭ ކަމަށެވެ.

“ރޭ ލޭންޑިންގ ކުރާފްޓެއް ހުޅުމާލޭ ނެރުގެ ދެކުނު ފައިކަށްޓަށް އެރުމާ ގުޅިގެން ހުޅުމާލޭ ނެރު ބައްތި ވަނީ ވެއްޓިފައެވެ. އެހެންކަމުން ހުޅުމާލޭ ނެރުން ވަދެ ނުކުމެ ހެދުމުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން.” އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!