ހުޅުމާލެ ނެރުމައްޗަށް ކޮޅުވެއްޓިއެއް އުރިއްޖެ

ހުޅުމާލެ ނެރުމައްޗަށް ވާގޮތަށް ބިއްވެ ކޮޅުވެއްޓިއެއް އުރިއްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ފުލުހުން މިރޭ ބުނީ ހުޅުމާލެ ނެރުމައްޗަށް ކޮޅުވެއްޓިއެއް އުރިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 8:00 ޖަހާއެކާންހާއިރު ފުލުހަށް ރިޕޯޓު ކުރި ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގައި ކޮޅުވެއްޓިން ޖެހި ނެރުމަތީގައި ޖަހާފައި ހުރި ނެރު ބައްތި ވެއްޓިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!