ދިވެހި ފިލްމު އެވޯޑްސްގައި ވާދަކުރާ ފިލްމުތައް އިއުލާނުކޮށްފި

ފިލްމް އެވޯޑްސްގައި ވާދަ ކުރާ ފިލްމުތައް އިއުލާން ކޮށްފި އެވެ.

އެންސީއޭގެ ޑެޕިއުޓީ މިނިސްޓްރީ ވަލީދާ ވަލީދު ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބާއްވާ ނުވަވަނަ ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެއް ކަމަށެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ “ކަނޑު އިބިލީސް” އެވެ.

މި އަހަރުގެ ފެސްޓިވަލް ބާއްވަނީ 2017-2018 ގައި ރިލީޒްކުރި ފިލްމުތައް ބައިވެރިކޮށްގެންނެވެ.

މި ފަހަރު އެވޯޑަށް ހުށަހަޅާފައިވާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.

އަންނަ މަހު ދިވެހި ފިލްމީ އެވޯޑްސް ހަފުލާ ބާއްވަން ނިންމި ނަމަވެސް، ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!