ފަޅު ރަށެއްގައި އިހާނެތި ގޮތަކަށް ބަނދެފައި އޮތް ވެލައެއް ސަލާމަތް ކުރަނީ

ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރ. އުނގުލުގައި ބަނދެފައި އޮއްވާ ފެނުނު ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީ އިން ފަށައިފިއެވެ.

އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވީ ފަޅު ރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލައެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަމުން އެބަގެންދަވާ ކަމަށެވެ.

މި ވެލާ ސަލާމަތް ކުރުމުގެ މަސައްކަތުގައި ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ހަރަކާތްތެރިވަމުން އެބަގެންދަވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ވެލާ ބަނދެފައި އޮއްވާ ފެނުނީ އުނގުލުގެ ސާވޭއަކަށް ދިޔަ އެންވަޔަރަމަންޓު މިނިސްޓްރީގެ ޓީމަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!