ފޮޓޯ؛ ގޫގުލް

ގިނަ ޢަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން އިއުލާން ކޮށްފި

މީގެ އިތުރުން އިތުރު އިނާޔަތްތަކުގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްއާއި ރަށުން ބޭރުން ވަޒީފާ އަދާކުރުމަށް ދާ މުވައްޒަފުންނަށް ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން ހުރުމާއި ކެއުމުގެ އެލަންވަންސް ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 8ވަނަ ދުވަހު މެންދުރު އެއްގަޑި ތިރީހުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ. މިއަހަރުގެ ދިރާސީ ކިޔެވުން ފެށިއިރު ރާއްޖޭގެ ސްކޫލްތަކަކުގައި އެއްހާހަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދެމުންދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ބިދޭސީން ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ދިވެހި ދަރިވަރުންނަށް ކިޔަވައިދިނުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!