ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރިމަތިލައްވައިފިއެވެ.

ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަން ކުރަންޖެހުނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މައުލޫމާތު ދިންގޮތުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ނެގުމަށް އެ ކޮމިޝަނުން މިދިޔަ މަހު 29ގައި ކުރި އިއުލާނުގެ ސުންގަޑި މިއަދު ހަމަވި އިރު އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހަ ބޭފުޅުންނެވެ. އެއީ:

  • އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު، ގޯރަންވިލާ، ސ.ހުޅުދޫ،
  • އަލްއުސްތާޛާ މަރްޔަމް ނިހާޔަތު، މ.ތާޖް،
  • އަލްއުސްތާޛު އަލީ ސަމީރު، މއ.ވޭސައިޑް 610 ފްލެޓް،
  • އަލްއުސްތާޛު ޝުއައިބު ހުސައިން ޒަކަރިއްޔާ، ދަފްތަރު ނަންމަރު 6993،
  • އަލްއުސްތާޛު މުހައްމަދު ނިޔާޒް، ގްރީންވިލާ، ހަދ.ވައިކަރަދޫ އަދި
  • އަލްއުސްތާޛު ހަސަން އަލީ، ދަފްތަރު ނަންމަރު 9038 އެވެ.

މީގެއިތުރުން އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު ވެސް ވަނީ ނަންފުޅެއް ޖޭއެސްސީ އަށް ފޮނުއްވާފައެވެ. އެއީ ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޛު މަޙާޒް އަލީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!