ޕީޖީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މަރުތަކުގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި ބައްދަލުކުރައްވައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޕްރޮސިކިއުޓރަ ޖެނެރަލް ބައްދަލުކުރައްވައި ރިޟްވާނުގެ މަރުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ރިޟްވާނުގެ މަރާ ގުޅޭގޮތުން ކޮމިޝަނުން ކުރެއްވި ތަޙްޤީޤާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި މަރުތަކާބެހޭ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ކޮމިޝަންގެ ދެވަނަ ޑްރާފްޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!