ލިޓަސްގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ރާއްޖޭގައި ސައިކަލްގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުނި ކަމަށްވާ ލިސްޓަސް ކުންފުނީގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ލިސްޓަސްގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. އަދި ފައިސާ ވަގަށް ނެގީ ކޮން ފިހާރައަކުން ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލިޓަސް ފިހާރައިގެ ތިޖޫރީގައި ހުރި ގިނަ އަދަދެެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ރޭ 3:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!