26.5 މިލިއަން ރުފިޔާގެ ދެ މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކޮށްފި

ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު އެވެ.

މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. މި ދެ މަޝްރޫއު އަށް 26.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ މި ރަސްމިއްޔާތުގައި ވިދާޅުވީ ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި 61 މީޓަރުގެ ބޭރު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 126 މީޓަރުގެ އެއްގަމު ތޮށްޓެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ފުރިހަމަ ކުރަން ހަތް މަސްދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވެ އެވެ.

ފެލިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އަށް 18.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!