ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ފިޔަޖަހަމުން އަންނަ ތަރިންގެ ތެރޭގައި ފިލްމީ ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ހިމެނެއެވެ.
އަޒޫ އާއި ސައީދު ކައިވެނީގެ ގޮށް ޖަހާލީ މީގެ ތިން އަހަރު ކުރިންނެވެ. އެއިރުން ފެށިގެން މި ތަފާތު ލޯބީގެ މެސެޖްތައް މީސް މީޑިއާގައި ހިއްސާކުރަމުން އަންނައިރު، މި އަހަރު މެއި މަހުގެ 18 ވަނަ ދުވަހު މި ދެ ތަރިންނަށް ލިބުނު އަންހެން ދަރިފުޅާއެކު ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފިއެވެ.
މި ދެތަރިންގެ ފޮޓޯތަކަކީވެސް މީސް މިޑިއާގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ފޮޓޯތަކެކެވެ. އެންމެ ފަހުން މި ދެތަރިންގެ ފޮޓޯއަކާއެކު ސައިދު ހިއްސާކޮށްފައި ވަނީ ދެ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެކެވެ. މިއީ ދެ ތަރިން މީސް މީޑިއާއަށް ދޫކޮށްލި، އެ މީހުންގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯއެވެ.
މި ދެތަރިން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ގައެވެ.