ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ކައިވެނި ބައްލަވައިގެންފިއެވެ.
އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ފިރުޝާން ކައިވެނި ބައްލަވައިގެންނެވީ އޭނާގެ އުފަންރަށް ކަމަށްވާ ހޯނޑެއްދޫ ބޭކަނބަލެއް ކަމަށްވާ ނިޔާފް މުހައްމަދު އާއިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ފިރުޝާން ކައިވެނި ބައްލަވައިގެންނެވީ ވަރަށް ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި ލޯބިވެރިޔާ އާއިއެވެ.
މެންބަރު ފިރުޝާން ކައިވެނި ޕާޓީ އޮތީ ހޯމަ ދުވަހުގެ ރޭ ރަސްފަންނު ގައެވެ. ކައިވެނި ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި މަޑަވެލި ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާއްމުން ބައިވެރިވިއެވެ.
މެންބަރު ފިރުޝާން ވަނީ ރައްޔިތުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ހޯނޑެއްދޫ ކައުންސިލަރު ކަން ވެސް ކުރައްވާފައެވެ.