ރަސްގެތީމުން ޖީޕީއެސްއެއް ވަގަށްނެގި ޒުވާނަކު ހައްޔަރުކޮށްފި

ރ.ރަސްގެތީމުން ޖީޕީއެސް އެއް ވަގަށް ނެގި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2019 އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ރަސްގެތީމުން ޖީޕީއެސްއެއް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، މި މައްސަލައިގައި ފުލުހުން ކުރި މަސައްކަތުން 2019 އޮގަސްޓް 27 ވަނަ ދުވަހު ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ޒުވާނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

“ވަގަށް ނެގި ޖީޕީއެސް އެހެން މީހަކަށް ވިއްކާލާފައި ވަނިކޮށް އެމީހާ އެ ޖީޕީއެސް ހިފައިގެން މާލޭގައި އުޅެނިކޮށް، 2019 ސެޕްޓެމްބަރ 4 ވަނަ ދުވަހު، ފުލުހުން ވަނީ އެ ޖީޕީއެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އުނގޫފާރު ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފައި.” ފުލުހުން ވިދާޅުވިއެވެ.

މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!