މުޅި ރާއްޖެ ސާފުކުރުމަށް ސަރުކާރުން ތެދުވެއްޖެ

ނ. އަތޮޅު މަގޫދޫން ކުނި ބޭރުނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ ރަށުގައި ބަލިމަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައި މުޅި ރާއްޖެ ސާފުކުރަން ސަރުކާރުން ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެއެވެ.

މިނިސްޓަރ ހުސައިން ރަޝީދު މިހެން ވިދާޅުވީ، ތުލުސްދޫ ނަރުދަމާ ނިޒާމުގެ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރުމަށްފަހު، އިތުރު ސުވާލު ކުރުމަށް ދެއްވި ފުރުޞަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ގެނައުމަށް ފިޔަވަޅު އަޅާފައި ކަމަށާއި ކުނި ނެގުމުގެ ބޮޑު މަޝްރޫއު ބިޑަށް ލުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބިޑުތައް އިއުލާން ކުރުމުން ކޮންމެ އަތޮޅެއްގައި ވެސް ހުރި ކުނި ބޭރު ނަގާ ބޭރުކޮށް ރަށް ސާފުތާހިރު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ޑރ. ހުސެން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ޕްރޮގްރާމް ރާވައި ރައީސް އޮފީހުން އެ ޕްރޮޖެކްޓަށް ހުއްދަދެއްވާފައިވާ ކަމަށެވެ. ޕްރޮޖެކްޓް ހިންގުމަށް ހުއްދަ ލިބިފައިވުމާއެކު، ޕްރޮޖެކްޓް ޓެންޑަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަވެފައިވާ ކުނި އެރަށްތަކުން ނަގައި، ކުރިއަށް އޮތްތަނުގައި ކުނި ގިނަ ނުވާނެ ގޮތަކަށް ކައުންސިލްތަކާ ގުޅިގެން ކަންކަން ރާއްވަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!