އެސްޓީއޯ އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގުހެޔޮކުރީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމާއި، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔާފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުންކަމަށެވެ. އަދި ހާއްސަގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުރުމުގެ ސާމާނު ބާޒާރުގައި ހެޔޮއަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަކީވެސް މީގެ ބޭނުމެއްކަމަށް އެސްޓީއޯއިން ބުނެއެވެ.

ވަކިން ހާއްސަ ގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުމުގެ ސާމާނު ބާޒާރުގައި ހެޔޮ އަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އޭގެ އެއް ބޭނުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

“އެސްޓީއޯ ކޮންސްޓްރަކްޝަން އިން ވިއްކާ އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުގެ އަގުތަކަށް ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި،” އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުން ވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުންދާ އެސްޓީއޯ ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއްހަމައެއްގައި ހިފެހެއްޓުމަކީވެސް އެސްޓީއޯގެ މުހިއްމު އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!