ފޮޓޯ: އަވަސް

މާދަމާ ހުޅުމާލޭގައި ފަންނު އެކްސްޕޯގެ މައުލޫމާތު ދިނުން

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި މަހުގެ 30 އެވެ. އެހެންވެ ފަންނު އެކްސްޕޯ އިންތިޒާމުކުރާ އިކޮނޮމިކް މިނިސްޓްރީން ވަނީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހަ ކޮށްދޭން މައުލޫމާތު ދިނުމުގެ ހަރަކާތެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމާފަ އެވެ.

ހުޅުމާލެ، ކޮމާޝަލް އޭރިއާގައި ކުރިއަށްދާ މި ސެޝަންގައި އެކްސްޕޯގެ ފޯމު ބަލައިގަތުމާއި މައުލޫމާތު ދިނުމާއި ފޯމު ދޫކުރުން ވެސް އޮންނާނެ އެވެ. މި ހަރަކާތް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.

ފަންނު އެކްސްޕޯގެ ޓީމުން މައުލޫމާތު ދޭއިރު ލައިވް މިއުޒިކާއި އެހެނިގެން ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ.

އެކްސްޕޯއަށް ތައްޔާރު ވަމުންދާއިރު ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އޮތީ ހުޅުވާލާފަ އެވެ. މިހާތަނަށް މާލެ އިން 100 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!