ދިރާގާއި ގާލް ގައިޑް ގުޅިގެން ސާފް ސުމާޓް ގެ ނަމުގައި ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާއި ދިރާގު ގުޅިގެން، “ސާފް ސުމާޓް” ގެ ނަމުގައި ފެސިލިޓޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމް ފުރަަތަމަ ކުރިއަށް ގެންދާނީ މިމަހުގެ 3 އިން 6 އަށް މާފުށީގަ އެވެ. އަދި މާލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލެއްގެ 13 އަހަރާއި 17 އަހަރާއި ދެމެދުގެ 290 ގައިޑުންނާއި 59 ގައިޑް ލީޑަރުންނަށް ވެސް ހިންގާނެ އެވެ.

ކޮންމެ އަހަރަކު ކުރިއަށްދަނީ މުޖްތަމައުގެ ތަފާތުގެ ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށެވެ. މިއަހަރުގެ ކޭމްޕްގެ ޝިއާރަކީ “ސާފް ސްމާޓް” އެވެ.

މި ޝިއާރަކީ 10 މިލިއަން މެންބަރުން ހިމެނޭ “ވޯލްޑް އެސޯސިއޭޝަން ފޮ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް’ އިން އިންޓަނެޓް ބޭނުންކުރާ ގޮތްތަކާއިމެދު ހޭލުންތެރި ކުރުމަށް ބޭނުންކުރާ ބެޖް ކަރިއުލަމެކެވެ.

ދިރާގުން އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓޭޓާސް ޓްރެއިނިން ޕްރޮގުރާމުގައި ފެސިލިޓޭޓަރުންނަށް ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތަކަށް ތަމްރީނު ފޯރުކޮށްދޭނެ އެވެ.

ޕްރޮގްރާމު ނިންމުމަށްފަހު ކޮންމެ ފެސިލިޓޭޓަރެއް ވެސް ދަސްވި ކަންތައްތަކުގެ މައުލޫމާތު އިތުރު 100 ކުދިންނަށް ހިއްސާ ކުރާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!