ރައީސް ސޯލިހު މިލަދުއަށް ވަޑައިގެންފި

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެއަތޮޅު މިލަދޫއަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިއަދު މިލަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާއި، އެ ދަތުރުގައި އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައި ދެއްވާފައި ކަމަށެވެ. އަދި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަ ކުރުމަށް މިއަދު ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެ ދަތުރުފުޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ނ. ކުޑަފަރީ އަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހު ނ. އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

ހަމައެއާއެކު ރައީސްގެ އެ ދަތުރުފުޅުގައި ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!