ޝުޖޫން އިސްތިއުފާ ދިނުމާއި ގުޅިގެން ބާކައުންސިލުން ބައި އިލެކްޝަނެއް ބާވަނީ

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގެންނެވި އައިޝާ ޝުޖޫން ބާ ކައުންސިލުން އިސްތިއުފާ ދެއްވާފައި ވާތީ ބައި އިލެކްޝަނެއް ބާއްވަން އެކޮމިޝަނުން ނިންމައިފި އެވެ.

ބާ ކައުންސިލުން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ 28 ސެޕްޓެމްބަރ 2019 ވާ ހޮނިހިރު ދުވަހު ބާ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އިން ނިންމައިފައި ވާކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި އައިޝާ ޝުޖޫންގެ އިތުރުން ހިމެނެނީ، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ވަކީލް މުހައްމަދު އަސީލާއި މުހައްމަދު ފައިސަލާއި އަދި ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!