ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލްއަކަށް އިޒްމީރާ ޝިހާމް ހަމަޖައްސައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މއ.ޗަނބޭލީވިއު އަލްފާޟިލާ އިޒްމީރާ ޝިހާމް ހަމަޖައްސައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަންގެ 61 ވަނަ ބައްދަލުވުމުގައެވެ.

ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މީގެ އިތުރުން ނިންމަވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީއާއިބެހޭ މައްސަލައެއް ބެލުމަށާއި، “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ” ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!