މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު 500 ރުފިޔާގެ ވެރިފަރާތް ހޯދަނީ

މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު 500 ރުފިޔާ އެ ޓެކްސި ޑްރައިވާރ ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އޭގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.


އެފައިސާއަކީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ޓެކްސީއަކުން ދަތުރުކުރި މީހަކު ޑްރައިވަރު އަތަށް ފައިސާ ދިންއިރު އިތުރަށް ދެވިފައިވާ 500 ރުފިޔާ އެވެ. އަދި އެފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު އެމީހާ އެ ސަރަހައްދުގައި ފެންނަން ނެތުމުން، ޓެކްސީ ޑްރައިވަރު ވަނީ އެ ފައިސާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ އެފައިސާގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، އެފައިސާއާ ހަވާލުވުމަށް އެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!