ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ

ވޮއްމުލި ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ ވިދާޅުވީ، ސްނޯކްލިންގއަށް ގޮސް އުޅުނު އެމެރިކާ ފަތުރުވެރިއަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު މަރުވެފައިވާ 43 އަހަރުގެ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު މެންދުރުކުރި 11:50 ހާއިރު ކަމަށް ފުލުހުންގެ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!