އަޒްމިރާލްދާ އަދި ޝުޖޫން އަށް ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން އައްޔަން ކުރެއްވުމުން އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މައުމޫނުގެ މަރުހަބާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވެވި އަޒްމިރާލްދާ ޒާހިރު އަދި އައިޝާ ޝުޖޫން އަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރައީސް ސޯލިހް ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް ބަހައްޓާ އަހައްމިޔަތު ކަމާއި އަދި ދެޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށް ދެއްވާ ސަމާލުކަން ކަމަށްވެސް ރައީސް މައުމޫނުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު އަޒްމިރާލްދާ އާއި ޝުޖޫން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. މިއީ ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުންތަކެއް އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!