ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް މުޙައްމަދު ޒާހިރު ޢައްޔަންކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް، މައްޗަންގޮޅި އާޕިއާ، އަލްއުސްތާޛު މުޙައްމަދު ޒާހިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޒާހިރަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މިހާރުގެވެސް މެންބަރެކެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން “ބެޗްލަރ އޮފް ލޯ” ހާސިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޢައްޔަން ކުރައްވާފައިމިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުންނާއި ރައީސްކަމުން، މާތޮޑާއަވަށް. ރޭއަލިވާގެ ގދ.ފަރެސްމާތޮޑާ، އަލްއުސްތާޛު އަޙްމަދު ޝިފާޢު އިސްތިޢުފާ ދެއްވާފައި ވާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!