ސިފައިންގެ މީހެއްގެ ކުއްލި އެހީގެ ސަބަބުން ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ

ޢުމުރުން އެންމެ 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ސިއްޙީ ހާލު ދެރަވެ، އަވަސް ފަރުވާއަށް ބޭނުންވެފައިވަނިކޮށް އަތްދަނޑިމަތީ އެކުއްޖާ އުފުލައިގެން ސެނެހިޔާއަށް ގެންގޮސް ސިފައިންގެ އޮފިސަރަކު އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

ހ.ފެންނާގެ ހަވަނަ ފަންގި ފިލާގައި އޮތް ޢުމުރުން އެންމެ 15 ދުވަސްވީ ތުއްތު ކުއްޖަކު ނޭވާހުއްޓިގެން ސިއްޙީ އަވަސްފަރުވާއަށް ބޭނުންވެފައިވަނިކޮށް އަތްދަނޑިމަތީ އެކުއްޖާ ސެނެހިޔާ ހޮސްޕިޓަލަށް އުފުލައިގެން ގެންގޮސްފައިވަނީ އެންއެންޑީއެފް ކޯސްޑްގާޑުގައި މަސައްކަތްކުރާ ޕްރައިވެޓް އިބްރާހިމް ސިނާންއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި 15 ދުވަހުގެ އެ ތުއްތު ކުއްޖާގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ.

ސިނާން އެގޮތަށް ކަންތައް ކުރީ ހަ ބުރިއަށް ހަދާފައި ހުރި އެގޭގެ ލިފްޓް އެވަގުތު ހުއްޓިފައި ހުރުމުންނެވެ. ސިނާނާއި އެ ތުއްތު ކުއްޖާގެ އާއިލާ ދިރިއުޅެނީ އެއް ފްލޯއެއްގައި ހުރި ދެ އެޕާޓްމެންޓެއްގަ އެވެ.

“އެއް ފްލޯއެއްގައި އެގޮތަށް އުޅޭއިރު ދިމާވެ ރަހުމަތްތެރިކަމުގެ ގުޅުން އޮންނާނެ އެ ދެ އާއިލާ ވެސް. އިއްޔެ އެ ތުއްތު ކުއްޖާގެ ނޭވާ ހުއްޓުނުއިރު ލިފްޓް ހުއްޓިފައި ހުރީމަ އެހީތެރިކަމަށް އެދުނީމަ އަތްދަނޑި މައްޗަށް ލައިގެން މި ގެންދިޔައީ،” އާޒިމް ވިދާޅުވި އެވެ.

15 ދުވަހުގެ އެ ތުއްތުކުއްޖާއަށް އެހީތެރިވެދިން ސިފައިންގެ އޮފިސަރަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފްކުރަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!