4 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމުކުރަން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފި

ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ގެ ނިޒާމު ޤާއިމުކުރަން މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤައިމުކުރަން ހަވާލުކޮށްފައިވަނީ ރ. ކިނޮޅަހާއި، ބ. ގޮއިދޫގައާއި، ނ. މާޅެންދޫ އާއި އެއަތޮޅު ކުޑަފަރީގައެވެ.

ޑިޒައިން އެންޑް ބިލްޑިން އުސޫލުން ޙަވާލުކުރި މިމަޝްރޫޢުތަކުގެ ދަށުން މިރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާކޮށް ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގައެޅުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބަހައްޓާއި ގޭގެއަށް ފެނާއި ނަރުދަމާގެ ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުގެ ތެރެއިން ބ، ގޮއިދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނ. މާޅެންދޫގައި ހިންގާ މަޝްރޫއުގެ އަގަކީ 42 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމަށް 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ނ.ކުޑަފަރީގައި މަޝްރޫއަށް 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

މި ހަތަރުގެ ރަށުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!