ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލާވާލައްވައިފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ހިނގަމުންދާ އިސްލާމީ މަރުކަޒަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް އޮޅުންފިލުއްވައި އެވަގުތު މުބާރާތުގައި ކިޔަވަމުންދިޔަ ކުދިންގެ ކިޔެވުން ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާލައްވައި އެކުދިންނަށް ހިއްވަރުދެއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް މިއަދު މެންދުރުފަހު ވަނީ މި މުބާރާތް ހިނގަމުންދާގޮތް ބައްލަވާލައްވަން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ.

މިއަހަރުގެ މުބާރާތުގައި 1273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުން ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންނާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ އިތުރުން ފައިސާގެ އިނާމުވެސް ވަނީ ހުށަހަޅާފައިވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!