ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޢަލީއާއިބެހޭ އިތުރު މައްސަލައެއް ބަލަނީ

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ނިންމައި ކޮމެޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމިކަން އެ ކޮމިޝަނުން ހާމަކުރިޔަސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ. މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެކަމަށް ކޮމެޓީއެއް އެކުލަވާލާފަ އެވެ. ހަސަން އަލީގެ އާ މައްސަލަ ވެސް ބަލަން ފޮނުވީ ހަމަ އެ ކޮމެޓީއަށެވެ. 

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

ފަނޑިޔާރު ހަސަން އަލީއަކީ މިދިޔަ ސަރުކާރުގެ ތެރޭގައި ހައިކޯޓަށް އައްޔަންކުރި ބޭފުޅެކެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރުއްވާފަ އެވެ.

އެގޮތުން އާސަންދަ ކުންފުނީގެ އެމްޑީކަން ކުރެއްވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!