އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި

އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ފާމަސީ ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްއެވެ.

އެސްޓީއޯއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި ފާމަސީގެ ހިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު ހަތަކުން ރޭގަނޑު އަށަކަށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެ ފާމަސީއިން އެސްޓީއޯގެ އެހެން ބޭސްފިހާރަތަކުން ކަވަރުކުރާ އިންޝުއަރަންސް ސްކީމުތައް ބަލައިގަންނާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ އިން ބޭސްފިހާރަތައް ހިންގަމުންދާއިރު މިއީ އެސްޓީއޯއިން ރާއްޖޭގައި ހުޅުވި 188 ވަނަ ބޭސްފިހާރައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!