ގދ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ މި ތަކެއްޗަކީ ތަފާތު އެކި މައްސަލަތަކުގައި ހިމެނޭ 44 ފުޅި ބަނގުރަލެވެ. މިތަކެެއްޗަކީ 2019 އޭޕްރީލް 12 އިން 2019 ޖޫން އެއްވަނަ ދުުވަހުގެ ނިޔަލަށް  އެކިދުވަސް މަތިން، ގދ.ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!