ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ރިޞުވާންގެ އާއިލާއާއި ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރިޟްވާން ޢަބްދުﷲގެ އާއިލާއާއި ބައްދަލުކުރައްވައިފިއެވެ. 

ރިޟުވާގެ އާއިލާ ދިރިއުޅެމުންދާ ގޭގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރާއި، ކޮމިޝަނަ އޮފް ޕޮލިސްގެ އިތުރުން ރިޟުވާންގެ މަންމަ އާއި، އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ރިޟްވާނާއި ގުޅޭގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓާމެދު މަޝްވަރާކުރުމަށް އެކޮމިޝަނާއި، ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި ރިޟުވާންގެ އާއިލާއާއިއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޙިދުމަތްތަކާއިބެހޭ ކޮމިޓީގައި މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ރިލްވާނު ގެއްލުވާލި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ޖަމާއަތަކުން ރިލްވާނު ވަގަށް ނަގައި ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!