ހޮން ކޮންގެ ދަރިވަރުން ކްލާސްތައް ބޮއިކޮޓް ކޮށްފި

ހޮން ކޮންގައި މިހާރު ފަށާފައިވާ ޑިމޮކްރެސީ ހަރަކާތްތަކުގެ ދަށުން އެ ގައުމުގެ ސެކަންޑަރީ ސްކޫލް އަދި ޔުނިވާސިޓީ ދަރިވަރުންގެ އާ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ދުވަހުގެ ކްލާސްތައް މިއަދު ބޮއިކޮޓްކޮށްފި އެވެ.

ޑިމޮކްރެސީ އެކްޓިވިސްޓުން ބުނި ގޮތުގައި ހޮން ކޮންގެ 200 އަށް ވުރެ ގިނަ ސެކަންޑަރީ ސްކޫލްގެ 10،000 ދަރިވަރުން މިއަދު ސްކޫލަކަށް ނުދެ އެވެ. ކިޔަވާ ކުދިން ސްކޫލްތައް ބޮއިކޮޓްކޮށްފައި މި ވަނީ ދެ ދުވަހަށް ހޮން ކޮންގުގައި ބޮޑު މުޒާހަރާއެއް ބާއްވަން އިއުލާންކޮށްފައި ވަނިކޮށެވެ.

ސިލްސިލާ މުޒާހަރާތަކުގެ ތެރޭން ހޮނިހިރު ދުވަހު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ހިންގައިފަ އެވެ. މުޒާހަރާ ކުރި މީހުން ޕެޓްރޯލް ބޮން އުކައި ޕާލަމެންޓް އިމާރާތަށް ހަމަލާ ދިނުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

ހޮން ކޮންގައި މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު 14 ހަފުތާވެއްޖެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!