އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހައިން އިންޑިއާގެ އެމްބަސީ އަށް ދޫކުރި ބިމުގައި އެމްބަސީގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. 


މިއަދު ހެނދުނު ބިންގާ އަޅުއްވާފައި ވަނީ އިންޑިއަން އޯޝަން ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައި ޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. 

މިއަހަރު ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެތަނުގެ ބިންގާ އަޅަން ޖެހިފައި އޮތް ނަމަވެސް، އޭރު އެކަން ކޮށްފައެއް ނުވެ އެވެ. 

އިންޑިއާ އެމްބަސީއަށް ހުޅުމާލެއިން ދިން ބިމާ ބެހޭ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން އަދިއެއް ނުލިބެ އެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ “ޑިޕްލޮމެޓިކް އެންކްލޭވް” ގައި ހުންނާނީ އެކި ގައުމުތަކުގެ އެމްބަސީތަކެވެ. އެތަނުން އެމްބަސީތަކަށް ޖާގަ ދޫކުރަނީ އެގައުމަކުން ރާއްޖެއަށް ބިމެއް ދިނުމުން ކަމަށް ކުރިން ފޮރިން މިނިސްޓްރޯން ބުންޏެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!