ގެއަކަށް ވަދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކަށް ވަދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ބިދޭސީއަކު މާލޭގެ ގެއަކަށް ވަދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ 7:00 ޖެހި އިރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި 47 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރީ ބަންގްލަދޭޝްގެ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!