ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފީވަކުގައި ވާލާއި ކާޅު ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ށ. ފީވަކުގައި ވާލާއި ކާޅު ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. 

މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އޮގަސްޓް މަހުގެ 27 އިން 29 އަށެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހައްދާ މޭވާގެ ބާވަތްތަކަށް ވާލާއި، ކާޅާއި، މީދަލާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ގެއްލުންދޭ އެހެނިހެން ފަނިފަކުސައިން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގެންގުޅޭ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އަޖުމަބެލުމުގެ ގޮތުން ހިންގި ޕްރޮގްރާމެއްކަމަށެވެ. މިއީ ޕެސްޓް ކޮންޓްރޯލުކުރުމަށް ގެންގުޅޭ، ވެށީގެ ދިރުންތަކަށް ނުރައްކަލެއް ނެތް، ތިމާވެއްޓާ ރަށްޓެހި ޒަމާނީ ވަސީލަތެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވާލާއި ކާޅު ފެއްސުމަށްޓަކައި މިޕްރޮގްރާމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޑިވައިސް “އަލްޓްރާ ސައުންޑް އިލެކްޓްރޯނިކް ޕެސްޓް ޗޭސަރ” ހަރުކުރުމަށް އެރަށުގެ 128 ސަރަޙައްދެއް ވަނީ ސާވޭކޮށްފައެވެ. އަދި މިޑިވައިސް ހަރުކޮށް ބޭނުންކުރާނެ ގޮތާއި، މޮނިޓަރކޮށް ބަލަހައްޓާނެގޮތުގެ ފަންނީ މަޢުލޫމާތު، މިތަކެތި ޙަވާލުކޮށްފައިވާ ފަރާތްތަކަށް ދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!