ފަސްވަނަ ބައިނަލްއަގްވާމީ ޓީޗަރުންގެ ކޮންފެރެންސް ފަށައިފި

ފަސްވަނަ ބައިނަލްއަގްވާމީ ޓީޗަރުންގެ ކޮންފެރެންސް އައްޑޫ ސިޓީގައި މިއަދު ފަށައިފި އެވެ. 


މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސްއާ ގުޅިގެން ބާއްވާ ކޮންފެރެންސެކެވެ. 

އެ ކޮންފެރެންސް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެންއައިއީ އިން މިދިޔަ މަހު ބުނީ ކޮންފެރެންސަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިއަދާއި މާދަމާ ކުރިޔަށްދާ ކޮންފެރެންސަށް 80 އަށް ވުރެ ގިނަ ކަރުދާސް ހުށަހަޅާފައި ވެއެވެ. މިއީ ކުރިން ބޭއްވި ކޮންފެރެންސްތަކާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ކޮންފެރެންސްގައި ބައިވެރިވުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތައުލީމީ ދާއިރާގެ ގިނަ ބަޔަކު ވަނީ އައްޑޫއަށް ގޮސްފަ އެވެ. އެފަދަ ހަރަކާތެއްގެ މަގުސަދަކީ ސްކޫލުތަކުގެ މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމް ކުރުމާއި އިލްމީ ދިރާސާ ކުރާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތްތައް ހިއްސާ ކުރާނެ ޕްލެޓްފޯމެއް ހުޅުވައިދިނުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!