ޓްރީޓޮޕުން ކާނާވިހަވި ބައެއް މީހުން ނިއުމޯނިއާއަށް ޕޮޒިޓިވްވެ ފަރުވާދެނީ

ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ ކެންޓީނުން ކައިގެން، ކާނާވިހަވި ބައެއް މީހުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިއުމޯނިއާއަށް ޕޮޒިޓިވްވެ ފަރުވާދެމުންދާކަން އެނގިއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި ވާގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ހޮސްޕިޓަލްގެ ކެންޓީނުން ކައިގެން ކާނާވިހަވެގެން 29 މީހަކު އެޑްމިޓްކޮށް ދެމީހަކަށް އައިސީޔޫގައި ފަރުވާދީފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނީ ހަތަރު މީހުންނަށެވެ.

އެގިފައިވާ ގޮތުގައި ކާނާވި ވިހަވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ދިވެހި އަންހެން މުވައްޒަފަކަށާއި، އިންޑިއާގެ ފިރިހެނެއްގެ އިތުރުން ފިލިޕިންސްގެ އަންހެނަކަށާއި، އޭނާގެ 3 އަހަރުގެ އަންހެން ދަރިފުޅަށެވެ.

ނަމަވެސް މިކަން އެ ހޮސްޕިޓަލް އިން ކަށަވަރުކޮށެއް ނުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!