ދަރިވަރުންނާ އެކު ތިބުމަށް މާމައިންނާއި ކާފައިންނަށް ވެސް ވިސާ މިހާރު ލިބޭނެ

އަވަށްޓެރި ސްރީ ލަންކާގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބުމަށް ދަރިވަރުންގެ މާމައިންނާއި ކާފައިންނަށް ވެސް ގާޑިއަން ވިސާ މިހާރު ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާ އިން ވިސާ ހޯދުމުގައި ދިވެހިންނަށް މިހާރަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ދެގައުމުން ސޮއިކުރި އެއްބަސްވުން ދެ ސަރުކާރުގެ މެދުގައި ބަދަލުކުރީ ރައީސް އޮފީހުގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން، ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާގެ އިތުރުން އެއް ގައުމުން އަނެއް ގައުމުގެ ރައްޔިތުންނަށް މަލްޓިޕަލް އެންޓްރީ ބިޒްނަސް ވިސާ ވެސް ދޫކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރަނިލް ވިދާޅުވީ އަލަށް ސޮއިކުރި ވިސާ އެއްބަސްވުމުގައި ރާއްޖޭގެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަަށެވެ. އެގޮތުން ލަންކާގައި ކިޔަވާ ދަރިވަރުންގެ މައިންބަަފައިންގެ އިތުރުން މާމައިންނާއި ކާފައިންނަށް ވެސް ވިސާ ދޫކުރާނެ ކަމަށާއި އެއީ ހާއްސަ އިންތިޒާމެއް ކަަމަށް ރަނިލް ވިދާޅުވި އެވެ.

“ހާއްސަ އިންތިޒާމެއްގެ ގޮތުން، ދަރިވަރުންގެ މާމަ/ކާފައިންނަށް ވެސް ވިސާ ހަމަޖައްސައިދޭނެ އެއީ އެމީހުންގެ މާމަ/ކާފަ ދަރިންނާ އެކު ސްރީ ލަންކާގައި ވަގުތު ހޭދަ ކުރުމަށްޓަކައި،” އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!