ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވިޔަފާރިތަކަށް ލުއި ލިބޭނެ: ފައްޔާޒު

ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޓެކުހުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާއިރު މިނިސްޓަރު ފައްޔާޒު ވަނީ އެ އިސްލާހަށް ތާއީދު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޓެކުހުގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފަައިވާ އިސްލާހުތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ބަދަލުތަކާއެކު މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރު ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅި އިސްލާހު ފާސްކުރީ 59 މެމްބަރުންގެ ވޯޓާއެކުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!