ހިލަ ހިފައިގެން މާލެ ދަތުރުކުރި ބާޖެއް ފަރަށް އަރައިފި

އިންޑިއާގެ ޓްޓިކޮރިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި ބާޖެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހިލަ ބަރުކޮށްގެން އިންޑިއާގެ ޓްޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑް އަށް މަޢުލޫމާތުދީފައިވާ ކަމަށް އެސަރވިސް އިން ވިދާޅުވިއެވެ.

މިކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 13:54 ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!