ބާ ކައުންސިލުން ޝުޖޫން އިސްތިއުފާ ދެއްވައިފި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އައިޝާ ޝުޖޫން މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، ޝުޖޫން މިއަދު އެކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ޝުޖޫން ކޮށްދެއްވި ޚިދުމަތައް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ޝުކުރު އަދާކުރާ ކަމަށެވެ.

ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 62 މެމްބަރުންގެ ވޯޓާއެކުއެވެ. ޝުޖޫންގެ އިތުރުން މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޑރ.އަޒްމިރަލްދާ ޒާހިރަށް ވެސް ރުހުން ދެއްވާފައެވެ.

ޝުޖޫންގެ އިތުރުން މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޑރ.އަޒްމިރަލްދާ ޒާހިރަށް ވެސް ރުހުން ދެއްވާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!