ތަހުގީގުތަކަށް އެހީ ހޯދުމުގެ މުއާހަދާގައި ސޮއިކޮށްފި

ރާއްޖެއާ އިންޑިއާއިން ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭ މުއާހަދާގައި މިއަދު ސޮއިކޮށްފި އެވެ.

“ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް”ގެ ނަމުގައި އެކުލަވަލާފައިވާ މުއާހަދާގައި ސޮއިކޮށްފައި ވަނީ މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާ އިން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިއަދު ރާއްޖެ ވަޑައިގަތް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރިމާނިއަމް ޖައިޝަންކަރެވެ.

މި މުއާހަދާއަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ރުހުން ދީފައިވާ އިރު މިއީ ރާއްޖެއިން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރި ފުރަތަމަ ފަހަރެވެ. މި ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!