ވަގަށްނެގި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ހޯދައިފި

މާލޭ ސިޓީ އިން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، 2019 އޮގަސްޓް 27 ވަނަ ދުވަހު މާލޭ ސިޓީ ގެއަކުން ވައްކަން ކޮށްގެން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި ވައްކަމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން، އެގެއިން ވަގަށްނެގި ތަކެތީގެ ތެރެއިން ބައެއް ތަކެތި ރޭގެ ވަގުތެއްގައި ހޯދާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނުން ފެނިފައިވަނީ އޭސަރ ލެޕްޓޮޕް އަކާއި، 13 އިންޗި މެކްބުކް އަކާއި، އައިފޯން-4 އެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިތަކެތި ހޯދާފައިވަނީ ސީސީޓީވީ ފޫޓޭޖްގެ އެހީގައި ކަމަށާއި، މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ހޯދިފައިވާ ކަމަށެވެ. ނަމަވެސް، އެމީހާ ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!