ކަމާ ނުބެހޭ ބައެއްގެ އަތްމައްޗަށް ރިޕޯޓު ދިޔުމަކީ ދެރަ ކަމެއް: އަލީ ހުސެއިން

ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާ ނުބެހޭ ފާރާތެއްގެ އަތްމައްޗަށް ދިޔުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައި މި ވަނީ ރިޟްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތަޙްޤީޤީ ރިޕޯޓް މަޖިލީހުގެ ރަޢީސް އަށް އެރުވުމާއި ގުޅިގެން، އެރިޕޯޓްގެ ކޮޕީއެއް މަޖިލީހުގެ ޕީޖީ ލީޑަރުންނަށް ޙިއްސާކުރެއްވުމާއި ގުޅިގެންނެވެ.

މި ރިޕޯޓަކީ އެ މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތުވެސް ހިމެނިފައިވާ ތަފްޞީލީ ރިޕޯޓެކެވެ. އެގޮތުން ސިއްރު ހެކިންގެ ހުރިހާ ވަނަވަރުތަކެއް މި ރިޕޯޓްގައި ހިމެނިފައިވެއެވެ. މި ރިޕޯޓް ޙިއްސާ ކުރެއްވުމާއި ގުޅިގެން ސިއްރު ޙެކިންގެ މަޢުލޫމާތުތައް ވަނީ އެ ފަރާތްތަކަށް ހާމަވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރު އަލީ ވިދާޅުވީ ރިލްވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާއި ނުބެހޭ ފަަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!