މޯލްޑިވިއަން އިން ޗައިނާ އަށް ދަތުރުތައް ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާ އަށް ސީދާ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ޗައިނާ އަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން، ޗައިނާގައި ބޭއްވި މީޑިއާ ކޮންފަރެންސްގައި އެ ގައުމުގެ ސްޓޭޓެއް ކަމުގައިވާ ޝިއާންގެ އޮޕަރޭޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި، މި ދަތުރުގައި ސަރުކާރާއި މޯލްޑިިވިއަންގެ ޓީމުން ވަނީ އެ ސްޓޭޓްގެ ލޯކަލް ގަވާންމެންޓްގެ ޓޫރިޒަމް ބިއުރޯގެ ޗީފް އާއި ޗައިނާ ވެސްޓް އެއާޕޯޓުގެ ޑިރެކްޓަރުންނާ ވެސް ބައްދަލުކޮށްފަ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 172،000 މީހުން ޗައިނާ އިން ޒިޔާރަތް ކޮށްފައިވާއިރު، ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ.

“އޭ330 މަރުކާގެ ބޯޓާ އެކު ޗައިނާ އަށް ދަތުރުތައް ފެށޭނެ. އެއާ އެކު ޗައިނާ އިން ގަމަށް ވެސް ސީދާ ދަތުރުތައް ކުރަން ފެށޭނެ،” މޫސަ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!