ޓްރީޓޮޕްގެ މުވައްޒަފުންތަކެއް ކާނާ ވިހަވި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލް “ޓްރީޓޮޕް ހޮސްޕިޓަލް”ގެ ބައެއް މުވައްޒަފުންތަކެއް އެ ހޮސްޕިޓަލުގެ ކެންޓީނުން ކައިގެން ކާނާ ވިހަވެގެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ. 


އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ހާދިސާއެއް މިދިޔަ ހަފްތާގައި ހިނގާފައިވާ ކަމަށެވެ. އަދި ކާނާ ވިހަވި ހުރިހާ މުވައްޒަފުން ވެސް ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

“އެއީ އަޅުގަނޑުމެން ބޭރު ބަޔަކާ ހަވާލުކޮށްފައި އިންނަ ކެންޓީނަކުން ކައިގެން އަސްލު، ދެން އެކަންތައް އިންވެސްޓިގޭޓް ކުރަމުން މިގެންދަނީ، އެއާ ބެހޭ ގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނެތް،” ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކާނާ ވިހަވެފައި ވަނީ އެރޭ ނައިޓް ޑިއުޓީގައި ތިބި މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނެވެ. އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހޮސްޕިޓަލުން ދީފައެއް ނުވެއެވެ.

ހުޅުމާލޭގައި ހަދާފައިވާ ރާއްޖޭގެ ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލުގެ އަމާޒަކީ އޭޝީއާ ސަރަހައްދުގެ ގައުމުތަކުން މީހުންއައިސް ފަރުވާ ހޯދާނެ ފެންވަރުގެ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހެދުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!