ރިލްވާން މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތުތައް ޕީޖީ ލީޑަރުންނާ ހިއްސާކޮށްފި

ރަހީނުކޮށްގެން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން އާއި ގުޅޭގޮތުން މަރުގެ ކޮމިޝަނުން ތައްޔާރުކުރި، މައްސަލައިގެ ތަހުޤީޤު ރިޕޯޓް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރުންނަށް އަރުވާފައި ވަނިކޮށް، އަނބުރާ އަތުލައިފިއެވެ.

މި މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތާއެކު މައްސަލައިގެ ރިޕޯޓް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަރުވާފައެވެ.

ރައީސް ނަޝީދަށް ސުޢޫދު އެރުވި ސިއްރު ހެކިންގެ މަޢުލޫމާތު ހިމެނޭ މައްސަލައިގެ ރިޕޯޓްގެ ކޮޕީ، ރައީސް ނަޝީދު ވަނީ އެހުރިގޮތަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަރުވާފައެވެ.

ސިއްރު ހެކިންގެ މަޢުލޫމާތާއެކު ރައީސް ނަޝީދު ޕީޖީ ލީޑަރުންނަށް ހިއްސާކުރި މައްސަލައިގެ ތަފްސީލީ ރިޕޯޓް ފަހުން ވަނީ ޕީޖީ ލީޑަރުން އަތުން އަތުލައި އަދި މައްސަލައިގެ ހުލާސާ ބަޔާނެއް އަރުވާނެކަން ޕީޖީ ލީޑަރުންނަށް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!