ބޯ ބުރިކުރުމަށްފަހު ރިލްވާން ވަނީ ކަނޑުފައްތާފައި: ރިޕޯޓު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ދޯންޏަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައި ކަމަށް، ސިއްރު ހެކިވެރިޔަކު ބުނެފައިވާކަމަށް، މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ކޮމިޝަނަށް ދިފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށެވެ. ރިޟްވާން އެރުވި ދޯނީގެ ވެރި މީހާއަށް ކިޔަނީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދުއެވެ. އެގޭ އަލްގިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯންޏެވެ. މި ދެ ދޯނި ހަމަޖައްސައިދިނީ މި ޖަމާއަތުގެ އޮޕަރޭޝަންސް ތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފެދޫ ގުރަހާގެ އަގްލީލް (ކިޑޫ) ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޟްވާން ދޯންޏަށް އެރުވީ، ރަތް ކާރުގައި ގޮސް ރިޟްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން އެ ދޯނިކައިރިއަށް ގެނެސް ގެންކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ސިއްރު ހެއްކަކު ކޮމިޝަނަށް ދީފައިވާ މައުލޫމާތުން ތ.އޮމަދޫ /އަތިރީގެ، ޞާމިތު މުޙައްމަދުއާއި އޭނާއާ ދެކެވުނު ވާހަކައިން، ރިޟްވާން ޢަބްދުالله މަރާލީ އޭނަކަން އެނގޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޟްވާނަށް ފާރަލި ފުލުހުންނާއި، އެފުލުހުންގެ ތަފްސީލް މައުލޫމާތުތައް ވެސް މަޖިލީހުން މިހާރު އާއްމުކޮށްފައިވާ ރިޕޯޓްގައި ހިމަނާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!